މެޖިސްޓްރޭޓް އަހުމަދު ލަތީފް، މަގާމުން ރިޓަޔާ ކުރައްވައިފި

185858691_2566992423425022_3294360275486812239_n-800x533-800x533.jpg

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ގެ މަގާމުގައި ހުންނެވި އޭދަފުށީ އިލާ، އަލްއުސްތާޒް އަހްމަދު ލަތީފް، މަގާމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

38 އަހަރުގެ ދިގު މުއްދަތެއްގައި ޖުޑިޝަލް ދާއިރާއަށް ހިދުމަތްކުރެއްވުމަށް ފަހު މިއަދު އެމަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އޭނާއަށް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

”މެޖިސްޓްރޭޓް (ރިޓަޔަޑް )އަޙްމަދު ލަތީފް ޝަރުއީ ދާއިރާގައި 38 އަހަރުގެ ދިގު ޚިދުމަތަށްފަހު 30ޑިސެމްބަރު 2021 ގައި މަގާމުން މުސްކުޅިވެ ވަޑައިގެންނެވުމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަން” ލަތީފަށް ޖޭއެސްސީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވެއެވެ.

އަހުމަދު ލަތީފް މަގާމުން މުސްކުޅިކުރެއްވުމާ ހަމައަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ ބ.އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކުގައެވެ. އޭގެ ތެރެއިން އެންމ ގިނަ ދުވަހު އަދާ ކުރައްވާފައިވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top