ސާޖިދު ، މަގާމުގެ ހުވާކުރައްވައިފި

l_1503145389253COx.jpg

އަހްމަދު ސާޖިދު

ބ. ކަމަދޫ ކައުންސިލުން ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަހުމަދު ސާޖިދު ކައުންސިލަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ސާޖިދު ކައުންސިލް ކަމުގެ ހުވާ ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ މިކަމަށް ޚާއްސަ ކޮށްގެން ބާއްވާފައިވާ ރަސްމިއްޔާތެއްގައެވެ.

ކަމަދޫ ކައުންސިލްގެ ބައިއިލެކްޝަން ބާއްވަން ޖެހުނީ ކަމަދޫ އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ހުވާ ކުރެއްވިތާ ދެދުވަސް ފަހުން ކައުންސިލުން ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަމަދޫގެ ބައި އިލެކްޝަން ބާއްވާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ. މި ބައި އިލެކްޝަން އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ސާޖިދު ކާމިޔާބު ކުރައްވާފައިވަނި ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒުއާއި ވާދަކޮށް 170 ވޯޓުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top