”އަޑުފޮށި“: ފެރީ ޓާމިނަލް މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯ؟

viber_image_2022-08-02_12-11-03-724.jpg

އޭދަފުށީގައި އަޅަން ފަށާފައި ހުރި ފެރީ ޓާމިނަލް

ނޯޓް :”އަޑުފޮށި“ މިއީ ރައްޔިތުންގެ ސަފްހާއެވެ. ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި އެ މަޝްރޫއުތަކުގެ އަދާހަމަ އާއި ބެހޭ ގޮތުންވެސް އޮޅުން ފިލުވަން ބޭނުންވާ ކަންކަން މި ސަފްހާ މެދުވެރިކޮށް އަހާލެވޭނެ އެވެ. ހަމައެހެންމެ އަމިއްލަ ފަރުދުން ކުރާ ރައްޔިތުންނާއި ގުޅުން ހުރި މަސައްކަތްތަކުގެ މައުލޫމާތުވެސް މި ސަފްހާ މެދުވެރިކޮށް އަހާލެވޭނެ އެވެ. 

މިފަހަރުގެ ސުވާލު އަމާޒު ވަނީ އޭދަފުށީގައި އިމާރާތްކުރަން ފަށާފައިވާ ފެރީ ޓާމިނަލް އަށެވެ. އެތަނުގެ މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯއާއި އެކަން ހިނގާ ގޮތް އޮޅުން ފިލުވުމުގެ ގޮތުންނެވެ.  

ސުވާލު: ޒަމާނީ ފެރީޓާމިނަލެއް އެޅުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން ޓީއޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓް 5 ވަނަދުވަހު އެވެ. 3.85 މިލިޔަނަށް 180 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުވި މަސައްކަތް އެއް އަހަރުބ ފާއިތުވެގެން ދިޔައިރު ވެސް ނުނިމި، މަސައްކަތް ހުއްޓިފައި ހުންނަތާ ހައެއްކަ މަސް ވަނީއެވެ. ކައުންސިލުން އޭރު ބުނީ ޓީއޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފެރީ ޓާމިނަލްގެ ހުރިހާ މަސައްކަތެއް މުއްދަތަށް ނިމޭނޭ ކަމަށެވެ. ދެ ފްލޯއަށް ހަދާ މި ޓާމިނަލްގެ މަތީ ފްލޯ ހާއްސަ ވަނީ ރެސްޓޯރަންޓަކަށެވެ. ތިރީބައި، ދަތުރުވެރިން ތިބުމަށާއި އޭގެ އިތުރުން ވިޔަފާރިކުރާ ފިހާރަ އެކެވެ. ސުވާލަކީ މި މަސައްކަތް ހުއްޓިފައިހުރީ ކީއްވެގެންތޯ؟ މަސައްކަތް އެހެންބަޔަކާ ދެން ހަވާލުކުރާނެތޯ؟ އަލުން މަސައްކަތް ފެށެން ކިހާދުވަހެއް ވާނެތޯ؟ ރައްޔިތުންނަށް މިތަނުގެ ޚިދުމަތް ދޭން އަދި ކިހާ ދުވަހެއް ވާނެތޯ؟ 

ޖ: ޖަވާބުދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހް

ތެދެއް. އާ ފެރީ ޓާމިނަލްގެ މަސައްކަތް ހުއްޓިފައިހުންނަތާ މަސްތަކެއް ފާއިތުވެގެން ހިނގައްޖެ. މަސައްކަތް ހުއްޓިފައިހުރީ ކޮންޓްރެކްޓަރުގެ ސަބަބުން. މިދިޔަ މުއްދަތުގައި މަސައްކަތް ފެށޭތޯ ކޮންޓްރެކްޓަރާ އެކު ވަރަށް ގިނަ މަޝްވަރާތައް ކުރެވި އެއްބަސްވުމަކަށް ނާދެވުނު. ކޮންޓްރެކްޓަރ ބުނަނީ މަސައްކަތް ފަށަން މަސައްކަތް ކުރާކަމަށް. އެހެންނަމަވެސް މުއްދަތު ފަހަނައަޅައި ގޮސް، އިތުރު މުއްދަތު ދީގެން ވެސް މަސައްކަތް ފެށޭގޮތެއް ނުވި. އެހެންވީމާ، ޓީއޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ދެންހުރި މަސައްކަތް ބީލަމަށް ލާން މިހާރުވަނީ ނިންމާފަ. ހަފްތާއެއްގެ ތެރޭ އެގްރީމެންޓް ބާތިލްކޮށް އަލުން މަސައްކަތަށް އިއުލާން ކުރެވޭނެ. 

 

އޭަދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު–އީވީ ފޮޓޯ

 

އީވީ: އެގްރީމެންޓް ބާތިލް ކުރުމުގެ ސަބަބުން ކައުންސިލަށް ކިހާބޮޑު ގެއްލުމެއް ވާނެތޯ؟

“ނުވާނެ އެއްވެސް ގެއްލުމެއް. އެގްރީމެންޓް ކުރެވުނީވެސް ކުރެވޭ މަސައްކަތްތަކަށް ފައިސާ ދޭގޮތަށް. އެގޮތުން ކޮންޓްރެކްޓަރު ކުރި މަސައްކަތަށް 1.6 މިލިޔަން ރުފިޔާ ދެވިފައިވާނީ. އެއީ މިހާރު ކޮށް ނިމިފަ ހުރި މަސައްކަތް. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top