އަންނަ އަހަރު ކައުންސިލް ތަކަށް 1.6 ބިލިޔަން ރުފިޔާގެ ހިލޭ އެހީ

D-E5ph8XsAEaYze.jpg

ރައީސް ސޯލހާއި ފިނޭންސް މިނިސްޓަރު އަމީރު... ފޮޓޯ: ފިނޭންސް

ދައުލަތުގެ ބަޖެޓުން ، އަންނަ އަހަރު ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

މި ހިނގާ އަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ބަޖެޓުން ދޭން ނިންމާފައިވަނީ 1.5 ބިިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 850 މިލިއަން ރުފިޔާގެ އެހީ ވަނީ މިދިޔަ މަހުގެ ނިޔަލަށް ކައުންސިލްތަކަށް ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ވަކިވަކި ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ހަމަޖެހިފައިވާ ހިލޭ އެހީ ނުވަތަ “ބްލޮކް ގްރާންޓް”ގެ ގޮތުގައި ދޫކުރާ އަދަދުތައް ހާމަކޮށްފަ އެވެ.

އެންމެ ބޮޑު އަދަދެއް ހަތަރު ސިޓީ ކައުންސިލަށް ދޭއިރު އެއީ ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީގެ 20 އިންސައްތަ އެވެ.

އެންމެ ގިނައިން އެހީ ލިބޭ ކައުންސިލްތައް:

ގދ. ތިނަދޫ ކައުންސިލަށް 25 މިލިއަން ރުފިޔާ
ލ. ގަމު. ކައުންސިލަށް 20.2 މިލިއަން ރުފިޔާ
ޅ. ނައިފަރު ކައުންސިލަށް 19.9 މިލިއަން ރުފިޔާ
ރ. ދުވާފަރު ކައުންސިލަށް 16 މިލިއަން ރުފިޔާ
ކ. މާފުށި ކައުންސިލަށް 15 މިލިއަން ރުފިޔާ
ހއ. ދިއްދޫ ކައުންސިލަށް 15 މިލިއަން ރުފިޔާ
ގއ. ވިލިނގިލި ކައުންސިލަށް 15 މިލިއަން ރުފިޔާ

ކައުންސިލުތަކުން ބަޖެޓް އެކުލަވާލާއިރު ދައުލަތުގެ ބަޖެޓުން ގްރާންޓް އެހީގެ ގޮތުގައި ލިބޭ އަދަދާއި ސަރުކާރުގެ ވަކިވަކި އިދާރާތަކުން އެކި ކަންކަމަށް ލިބޭނެ ކަމަށް ލަފާކުރާ އަދަދުތައް ވެސް ހިމަނަންޖެހެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top