ގޯލްޑަން ފުޓްސަލް ޗެލެންޖް 2019، އަންނަ މަހު 15ގައި

l_153306603824SL2J.jpg

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފައިނަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުޅި ރާއްޖެއިން ބައިވެރިވާ 66 ޓީމާއެކު މިއަހަރުގެ “ގޯލްޑެން ފުޓްސަލް ޗެލެންޖް” އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މުބާރާތް މިފަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފުގަ އެވެ.

ކުރީއަހަރު ތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް ފުރަތަމަ ކުޅޭނީ އަތޮޅު ބުރެވެ.

އެގޮތުން ހަ ޓީމަށް ވުރެ ގިނައިން ބައިވެރިވެފައިވާ އަތޮޅުތަކުގެ މެދުގައި މުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެނޫން އަތޮޅުތަކުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ދެ ގުރޫޕަށް ބަހާލައިގެން ކުޅޭ ކޮންމެ އަތޮޅަކުން ފައިނަލަށްދާ ދެޓީމު ޒޯން ބުރަށް ކޮލިފައިވާނެ އެވެ. ނަމަވެސް ބާކީ އަތޮޅުތަކުގެ ތެރެއިން ޒޯން ބުރަށް ކޮލިފައިވާނީ ޗެމްޕިއަންކަން ހޯދާ ޓީމެވެ.

މީގެ އިތުރުން ޒޯން ބުރުގައި ކޮންމެ ޒޯނަކުން ވެސް ފައިނަލަށް ދާ ދެޓީމު ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ.

މި މުބާރާތުގައި ބ.އަތޮޅުން ބައިވެރި ވެފައިވަނީ އޭދަފުށި، ހިތާދޫ، ތުޅާދޫ އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް ދޭން ހަމަޖެހިފައިވަނީ 25000 ރުފިޔާއެވެ.

މިއީ މެދުކެނޑުމެއްނެތި މި މުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top