އަގުތައް އުފުލުނީ ފައިސާ ޗާޕުކޮށް، ޑޮލަރު އަގު ބޮޑުވުމުން: ސަލީމް

img_md_201906170210491560762649.0045.jpeg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް / ފޮޓޯ: މަޖިލިސް

ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލުނީ ސަރުކާރުން ފައިސާ ޗާޕުކުރުމުންނާއި ޑޮލަރު އަގު ބޮޑުވުމުން ކަމަށް މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރުއަދި މަޝްހޫރު ރެޑްވޭވް ކުންފުނީގެ ވެރިޔާ، އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގުތައް އުފުލޭތީ އެކަން ކޮންޓްރޯލް ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް މިއަދު ކުރި ބަހުސްގައި، ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އެތެރެ ކުރާ ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ ސަލީމް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވެގެން އުޅެނީ ކޮންމެހެން އިމްޕޯޓް ކުރާ އަގުތައް މައްޗަށް ގޮސްގެން ނޫން ކަމަށެވެ.

ސަލީމް ވިދާޅުވީ ދުނިޔޭގެ އިންފްލޭޝަން ވެސް މައްޗަށް ގޮސްގެން އުޅެނީ މައިގަނޑު ގޮތެއްގައި ޔޫރަޕްގައި ކަމަށެވެ. ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އަގުތައް އުފުލުނު ނަމަވެސް ރާއްޖެއަށް އެ ހާލަތު ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރޭޓެއްގެ ގޮތުގައި މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15.42ރ ކަނޑައަޅާފައިވީ ނަމަވެސް ޑޮލަރު ލިބެނީ 17.50ރ. އަށްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އޭގެ ސަބަބުން އަގުތައް އުފުލޭ ކަމަށެވެ.

“މިހާރު ވެސް ދައުލަތުން ޑޮލަރު 15.42ރ. އަށް ލިބޭ ރޭޓެއް ހަމަޖައްސައިފިނަމަ ތަކެތީގެ އަގު 10 ޕަަސެންޓް ވެއްޓިގެން ދާނެ. އެހާ ސިމްޕަލްކަމެއް މިއީ.” ސަލީމް

ސަލީމް ވިދާޅުވީ އެހެން ދިމާވީ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދިއުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރުގައި ނަމަ ފައިސާ ޗާޕުކުރުން މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ފައިސާ ޗާޕު ކުރުމަކީ އިގްތިސޯދު ރަނގަޅު ކުރަން ކުރާ ކަމެއް ނޫން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top