ސަރުކާރު މުވައްޒަފުންނަށް މިމަހުގެ މުސާރަ 22ގެ ކުރިން ދޭނެ

CqcmzAnUkAEmCWy-n6f614yr57zeqvy0qb4a30rdux4fnkk1mdns03t75c.jpg

ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި އަންނާތީ ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ 22ގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނީ މި މަހުގެ 25 އިން 29 އަކީ ސަރުކާރު ބަންދު މުއްދަތެއް ކަމަށް ކަނޑައަޅުއްވާފައިވާތީ، ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީ އިން ޕްރޮސެސް ކުރާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 22 ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދިނުމުގައި މަސައްކަތްތައް ލުއިފަސޭހަކޮށް އަދި އަވަސް ކުރުމަށްޓަކައި، ޖޫން މަހުގެ މުސާރައާއި އިނާޔަތްތައް ވަކި އޫސޫލުތަކެއްގެ ދަށުން ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ.

އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25 އާއި 26ވަނަ ދުވަސް ވެސް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top