އިސްރަށްވެހިންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކުރަނީ

298483-065d89e1-d-1536x1024-1.jpg

ރައީސް ސޯލިހު، އައްޑޫ ސިޓީގެ ބަޔަކާ އެކުގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އިސް ރަށްވެހިންނަށް ނުވަތަ 65 އަހަރުން މަތީގެ މީހުނަށް ދައުލަތުން މިހާރު ދެމުން އަންނަ އެލަވަންސް ބޮޑު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ސްކެއާ ސަރަހައްދުގައި އައްޑޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރޭ ރައީސް ސޯލިހު ވިދާޅުވީ ދައުލަތުން އިނާޔަތް ދޭ ގިނަ ފަރާތްތަކެއް އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި ދުވަސްވީ އިސް ރަށްވެހިން ހިމެނޭ ކަމަށެވެ.

އަދި މި ސަރުކާރަށް މަސައްކަތް ކުރަން ލިބުނު 3 އަހަރުގައި އައްޑޫސިޓީ އާއި މުޅި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މެނިފެސްޓޯއެއް ތައްޔާރު ކުރާއިރު، ރައްޔިތުންގެ އަޑު އަހައި، ބޭނުންވާ ކަންކަން ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބަދަލު ކުރާނެ ވާހަކަ ދައްކާފައިވާނެކަަން ހަނދުމަފުޅު އާ ކުރައްވަމުން ވިދާޅުވީ “ވަރަށް އަވަހަށް އެބަދަލު ފެނިގެންދާނެ” ކަމަށެވެ.

ހަމައެހެންމެ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސަށް ވެސް ބަދަލުތަކެއް ވަރަށް އަވަހަށް އަންނާނެ ކަމަށް މި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

”ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދޭ އެލަވަންސަށް ގެންނަންޖެހޭ ބަދަލު. އެ ވެސް އަޅުގަނޑުމެން މިހާރު މި ގެންދަނީ މުތާލިއާކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް އަންނާނެ. މިހުރީ ކުރިއަށް އޮތް މެނިފެސްޓޯއަށް އަޅުގަނޑުމެން ގެންނާނެ ކުދިކުދި ކަންތައްތަކުގެ ވާހަކަ،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މުސާރަތަކަށް ބަދަލު ނައިސް ހުރި ދާއިރާތަކުގެ މުވައްޒަފުންނަށް ވެސް ކުރިއަށް އޮތް ތަނުގައި އެ ބަދަލު އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top