ކަމަދުއާއި ދަރަވަންދޫގައި ކުޑަކުދިންގެ ޕާކެއް ހަދަނީ

l_166349579522QotS.jpg

ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ޕާކު ތަރައްގީކުރާ ސާމާނު --- ސަން ފޮޓޯ

ބ. ކަމަދޫ އާއި ދަރަވަންދޫ ގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި އެވެ.

މި ދެރަށާއެކު ޖުމްލަ 14 ޕާކު ތަރައްގީކުރުމަށް ބޭނުންވާ ތަކެތި މިއަދު ވަނީ ހަވާލު ކޮށްފައެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި ރަށްރަށުން ތަކެއްޗާއި ހަވާލުވީ އެ ރަށް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.

އެ ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top