ފޭދޫ މީހަކު ގަތް ކާއްޓެއްގެ ތެރެއިން ޚަތިމެއް؟

kaashi-777x437.jpg

ފޭދޫގައި ދިރިއުޅޭ އަންހެންކަށް ކާއްޓެއްގެ ތެރެއިން ފެނުނުކަމަށް ބުނާ ކާއްތާއެކު ޚަތިމު-ފޮޓޯ :ސޯޝަލްމީޑިއާ

އައްޑޫ ސީޓީ ފޭދޫގައި އެރަށު މީހަކާ އިނދެގެން އުޅެ ފިލިޕީންސް އަންހެނެއްކަމަށް ވާ ޒާހިރާ، އެރަށު ގާޑިއާއަކުން ގަތް ކާއްޓެއްގެ ތެރެއިން ޚަތިމެއް ފެނިއްޖެކަމަށް ބައެއް މީޑިއާ ތަކުން ބުނެފިއެވެ.

ޚަތިމް އޮތް ކާށީގެ ފޮޓޯ މިހާރު ސޯޝަލް މީޑިއާގައިވެސް ބާރަށް ދައުރު ވަމުން އެބަދެއެވެ.

ޒާހިރާ ބުނީ އޭނާ ގާޑިއާއިން ގަތީ ފަސް ކާށި ކަމަށާ ކާށިތައް ގަތީ މަރަދޫ ފޭދޫ ދިރާގު ކައިރީގައި އޮންނަ ގާޑިއާއަކުން ކަމުގައެވެ.

“ފަސް ކާށި ގަނެގެން އައިސް ޚަތިމު ފެނުނީ އޭގެ ތެރެއިން އެއްކާށިން “ޒާހިރާ ބުނިކަމަށް ވެއެވެ.

ޒާހިރާ ބުނާ ގޮތުގައި ޚަތިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އެއް އިންޗި ބައި ކަމަށާއި ބޭރުގައިހުރި މުށި ކުލައިގެ ރަބަރު ފަށަލައެއްގެ ސަބަބުން ޚަތިމަށް ފެނުގެ އަސަރު މާބޮޑަށް ކޮސްފައެއް ނުވެއެވެ. ނަމަވެސް މީހުން އޭގައި އަތްލައި ހަދަން ފެށުމުން އަކުރުތައް ފޭދި ކިޔަން ދަތިވާ ވަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

“ޚަތިމު ބެލި މީހުން ބުނަނީ އޭގައި ހަތަރު ފޮތް ހިމެނޭކަމަށް. ޚަތިމު ފެނުމުން ރަށު ކައުންސިލް އިދާރާއަށް އެ ގެންދިއުމުން އޭގެ ވީޑިއޯއާއި ފޮޓޯތައް ނަގައިފައި އަނބުރައި ދީފި. މިހާރު ޚަތިމު އެބައޮތް އަހަރެންގެ ގޭގައި،” ޒާހިރާ ބުންޏެވެ.

އޭނާދިރިއުޅޭ ގެއަކީ އެރަށު ބޮޑުމަގުގައި ހުންނަ ގުލްއަލާގެ އެވެ.

ކާށީގެ ތެރެއިން ފެނުނު ޚަތިމު ބެލުމަށްޓަކައި ވަރަށްގިނަ މީހުން މިހާރުވެސް އެގެއަށް ޖަމާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކާށި ތެރޭގައި ޚަތިމު އޮތްތަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭގެ އަސްލު ފެނުނު ނޫސްވެރިއަކު ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top