ސަމާލުވޭ ! ބ.އަތޮޅުގައި ޑެންގޫ ފެތުރެނީ

12924442_608288149325164_3212473624742169101_n-800x450-800x450-800x450-800x450.jpg

ބ. އަތޮޅު ހޮސްޕީޓަލުން މަދިރިއަށް ފޮގްކުރުމަށް މިދިޔަ އަހަރު ހިންގި ޕްރޮޤްރާމްގެ ތެރެއިން. ޑެނެްގީހުމަށް ސަމާލުވުމަށް އެހޮސްޕިޓަލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައި / ފޮޓޯ: އަތޮޅުހޮސްޕިޓަލް

ބ.އަތޮޅުގައި ޑެންގޫ ހުން ފެތުރެމުން އެބަދާ ކަމަށާއި އެކަމަށް ސަމާލު ވުމަށް ބ.އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.

ބ.އަތޮޅު ހޮސްޕޮޓަލުގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ މި ދުވަސް ވަރު ބ.އަތޮޅު ހޮސްޕިޓަލަށް ހުން އައިސްގެން ފަރުވާ ހޯދަން އަންނަ މީހުންގެ ފަރާތުން ޑެންގީ ހުމުގެ އަލާމާތްތައް ފެންނަކަމަށާއި ގިނައިން މި ހުމުގެ ކޭސްތައް ފެނިފައިވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ކަމުގައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މިއަތޮޅުން ޑެންގީގެ 4 ކޭސް ރެކޯޑްކުރެވިފައިވާ ކަމަށާއި މިދުވަސް ވަރު ޑެންގީ ހުން ފެތުރެމުން މިދަނީ ވިއްސާރަ ދިގުލަމުން ދިއުމާ އެކު ފެން ހެދޭ ތަންތަން އިތުރުވެ އެތަންތަނުގައި މަދިރި އާލާވަމުން ދާތީކަމަށް ބެލެވޭ ކަމުގައެވެ.

މިކަމާ ގުޅިގެން ވަހީދު އިތުރަށް ވިދާޅުވީ ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ހުމަކަށްވުމުން އާންމުން ހޭލުންތެރި ކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް އެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން ހިންގުމަށް ރާވަމުންދާ ކަމަށެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން ބ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށާއި ރިސޯޓްތަކަށް އަމާޒުކޮށްގެން، ކުރިއަށްގެންދާ މި ޕްރޮގްރާމުގެދަށުން، އާންމުން ހޭލުންތެރިކުރުވުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑެންގީ ހުން އައުމުގެ އަލާމާތަކީ ގަދައަށް ހުންއައުމާއެކު ބޮލުގައި ރިއްސުމާ ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން އަދި ޕެނަޑޯލް ފަދަ އެއްޗެއް ބޭނުންކުރުމުންވެސް ހުން ނުފިލުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް ހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top