ބޭރުގެ ސިފައިން ތަކެއް މަސްދޯންޏަކަށް އަރައިފި

large_148973095344qboh.jpg

ކޯސްޓުގާޑުގެ އުޅަނދެއް: --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އޮތް ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން ތަކެއް އަރައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެހެންވެ، ކޯސްޓްގާޑުގެ އުޅަނދެއް މިހާރު އެ ދޯނި އޮތް ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށް ސިފައިން ބުންޏެވެ.

އެމްއެމްޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލްމީޑިއާގައި ބުނެފައިވަނީ، އިންޑިއާގެ މަނަވަރަކުން ސިފައިން އަރާފައިވަނީ އދ. މަހިބަދޫ “އަސުރުމާ 3” ދޯންޏަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top