ނޭހާ, ކައިވެނިކޮށްފި

neha-kakkar-rohanpreet-1-1.jpg

ދިލްބަރު ދިލްބަރުއާއި އޮ ސާކީ ސާކީ އާއި ދީމީ ދީމީ އާއި އާނކް މާރޭ އަދި “ގަރްމީ” ފަދަ ހިޓް އެތައް ލަވައެއް ކިޔައިގެން މަޝްހޫރުވެފައިވާ ހިންދީ ލަވަކިއުންތެރިޔާ ނޭހާ ކައްކާރް މިއަދު ކައިވެނި ކޮށްފިއެވެ.

ނޭހާ 32، ކައިވެނި ކޮށްފައިވަނީ އޭނާއަށް ވުރެ 4 އަހަރު ހަގު، ޕަންޖާބީ ލަވަކިއުންތެރިޔާ ރޯހަން ޕްރީތު ސިންގް އާއެވެ.

އެދެމީހުންގެ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނި ދެމީހުންގެ ވެސް އުފަން ރަށް ކަމުގައިވާ ޕަންޖާބުގައެވެ.

ނޭހާއާއި ރޯހަން ގެ ގުޅުން ސަޕޯޓަރުންނާ ހިއްސާ ކުރުމުގެ ގޮތުން މިމަހު ކުރީކޮޅު ނޭހާ، އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އޭނާއަށް ރޯހަންޕްރީތު ދެކެ ފުރަތަމަ ނަޒަރުން ވެސް ލޯބި ވެވުނު ކަމަށް ބުނެފައެވެ.

ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ވީޑިއޯ ލަވަ، މިދިޔަ ހަފްތާގައި “ނެހޫ ދަ ވިޔާ” ރިލީޒްކޮށްފައިވާއިރު ސަޕޯޓަރުންނަށް އެލަވަ ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

ނޭހާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2014 ގެ ފިލްމު “ޔާރިޔަން” ގެ ބަތަލު ހިމާންޝް ކޯލީއާ އެވެ.

ނޭހާ އަކީ ސޮނީ ޓީވީން ގެނެސްދޭ “އިންޑިއަން އައިޑޮލް” ގެ އެންމެ ފަހު ދެ ސީޒަނުގައި ހިމެނުނު ހަމައެކަނި އަންހެން ޖަޖް ވެސް މެ އެވެ.

އެ ޝޯގެ 12 ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން މިހާރު އަންނައިރު އެ ޝޯގެ ޖަޖުންގެ ޕެނެލުން ވެސް ނޭހާ ފެންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top