ބ.އަތޮޅުގެ 8ރަށުގައި ބަށިކޯޓް އަޅަން ހަވާލުކޮށްފި

ބަޢށިކޯޓްތައް އެޅުން ހަވާލުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން ފޮޓޮ؛ ވަގުތު

ބަޢށިކޯޓްތައް އެޅުން ހަވާލުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން ފޮޓޮ؛ ވަގުތު

މިނިސްޓްރީއޮފް ޔޫތު އެންޑްސްޕޯޓްސްގެ ފަރާތުން އަތޮޅުތެރޭގެ ރަށްރަށުގައި ބަށިކޯޓް އެޅުމުގެ ޕްރޮގްރާމްގެ ދަށުން ބ.އަތޮޅުގެ 8ރަށް ހިމެނޭ ގޮތަށް 82 ރަށުގައި ބަށިކޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ )އާ ހަވާލުކޮށްފިއެވެ.

މަސައްކަތް ހަވާލުކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ހޯލްގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ނަޒީފްއެވެ. ޔޫތުމިނިސްޓްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު ޒުހޫރުއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބ.އަތޮޅުގައި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ ކުޑަރިކިލު،ކެންދޫ، މާޅޮސް،ދަރަވަންދޫ، އޭދަފުށި،ހިތާދޫ ،ތުޅާދޫ،ގޮއިދޫ ގައެވެ.

މި މަސައްކަތްކުރުމަށްް އެމްއާރްޑީސީއާއި ހަވާލުކުރެވިފައިވަނީ ހަމަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ސޮއިކުރުމަށްފަހު ނަޒީފް ވިދާޅުވީ އެމުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމާއި އުއްމީދުކުރަނީ އެއަށްވުރެ އަވަހަށް މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރަންކަމުގައެވެ.

މި ރަސްމިއްޔާތުގައި ބަށިކޯޓްއެޅުމަށް ހަވާލުކުރެވުނުރަށްތައް ހިމެނޭ ދާއިރާގެ ބައެއް މަޖްލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top