ޒުވާނުންގެ ގައުމީ ދުވަސް ޒުވާނުންގެ އީދެއްގެ ގޮތުގައި އަތޮޅުތަކަށް

Maldives-Children-1068x712.jpg

މިއަހަރުގެ އޮކްޓޫބަރު 22 ގައި ފާހަގަ ކުރާ ޒުވާނުންގެ ގައުމީ ދުވަސް ޒުވާނުންގެ އީދެއްގެ ގޮތުގައި އަތޮޅުތެރޭގައި ފާހަގަ ކުރާ ގޮތަށް ޔޫތު މިނިސްޓްރީން ނިންމަވައިފި އެވެ. އެގޮތުން އެދުވަސް ފާހަގަ ކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 10 މާރިޗު 2020 އަންގާރަ ދުވަހު 11:00 އަށް މާފަންނު އިޖްތިމާއީ މަރުކަޒަށް(ސޯޝަލް ސެންޓަރ) ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށާ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ޒުވާނުންގެ ގައުމީދުވަހުގެ ހަރަކާތްތަކާއި ރަސްމީ ޖަލްސާ ބޭއްވިގެން ދާނެ ކަމަށެވެ.

މިކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ ކައުންޓަރަށް، އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ޕްރޮޕޯސަލް މެއިލްކޮށްގެންވެސް ހުށަހެޅިދާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ 30 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމަށްއެ އިއުލާނުގައި ބުނެފައިވެއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top