އިޖްތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ވޯކްޝޮޕެއް ދަރަވަންދޫގައި

dharavandhoo.png

އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުމުވުމުގެ ގޮތުން ބ. ދަރަވަންދޫގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ދަރަވަންދޫގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށް ފެށި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި 40 މީހަކު ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް 23 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްއިއްޔާތަކުން ރަށު ފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމްއިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާއި، މަދަނީ ޖަމްއިއްޔާތަކުގެ ގަވާއިދާއި ގާނޫނަށް އަހުލުވެރިކުރުމާއި، މުޖުތަމައު އެއްބައްވަންތަ ކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top