ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ގެޒެޓް ކޮށްފި.

bidheyseen-2.jpg

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒުވުމަށް ގޮސް

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވާއިދެއް އެކުލަވާލައި އެގަވާއިދު އެކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓް ކޮށްފި އެވެ.

މި ގަވާއިދުގައިވާ ގޮތުން ވަޒީފާ އަދާ ކުރަން ބިދޭސީއަކު ދިވެހިރާއްޖެ އަށް ގެނައުމުގެ ކުރިން، އެ ބިދޭސީއަކަށް ވަޒީފާ ދިންކަން އެންގުމަށްޓަކައި، ވަޒީފާދޭ ފަރާތުން “ލެޓާ އޮފް އެޕޮއިންޓްމަންޓް” އެ ބިދޭސީއަކާ ހަވާލު ކުރަން ޖެހެ އެވެ. އަދި ބިދޭސީއަކު ވަޒީފާ އިން ވަކި ކުރުމުގައި އަމަލު ކުރަން ވާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ލެޓާ އޮފް އެޕޮއިންޓްމަންޓަކީ، މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް ގެންނަ ބިދޭސީއަކާއި އެ ބިދޭސީ އަކަށް ވަޒީފާ ދޭ ފަރާތާ ދެމެދު، ވަޒީފާއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެ އެއްބަސްވުމުގައި ސޮއިކުރެވެންދެން، ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ “އެކްސްޕެޓް ސިސްޓަމް” މެދުވެރިކޮށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށްޓަކައި މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހުއެވެ. ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި ބާރަ މަސް ދުވަހުގެ މުއްދަތަށް ދެހާސް ރުފިޔާ، އިކޮނޮމިކް މިނިސްޓްރީއަށް ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top