ކޮވިޑް ޖެހިގެން ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ!

Screenshot-2021-02-20-at-11.12.00-2048x1291.png

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް މަޝްހޫރު ފިލްމީ ތަރީ ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެއެވެ.

ކޮއްޔަ ހަސަން މަނިކު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށްކަމަށް މައުލޫމާތުލިބެއެވެ.

މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު، އިއްޔަވެސް މި ބައްޔަށް ވަނީ 127 މީހުން ޕޮޒިޓިވް ވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2446 ކޭސް އެވެ. މި ބަލިން 15،965 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 159 މީހަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top