އޭލެވެލް ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރުހުރި ރަށަށް އަވަހަށް ދިއުމަށް އެދެފި

326-baec.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ކުރިއަށް އޮތް އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރަށް އަންނަ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އިލްތިމާސް ކޮށްފިއެވެ.

އޭލެވެލް އިމްތިހާނު ބާއްވަން ކުރިން ތާވަލް ކޮށްފައި އޮތީ މެއި/ޖޫން ގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކޮށް ގިނަ ދުވަސްތަކެއްް ވަމުން ދާތީ ޑީޕީއީ އިން ވަނީ މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރ އަށް އިމްތިހާން ފަސްކޮށްފައެވެ.

ރާއްޖޭގައި މިއަހަރު އޭލެވެލް އިމްތިހާނު ހަދާނީ ގްރޭޑް 11 ގެ ދަރިވަރުން އެކަންޏެވެ. ގްރޭޑް 12 ގެ ދަރިވަރުން މިދިޔަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި އިމްތިހާނު ހެދުމުން އެ ދަރިވަރުން މިހާރު ތިބީ ޓްރާންސްސިޝަން މަރުހަލާގައެވެ.

މިއަހަރުގެ ގްރޭޑް 10ގެ ދަރިވަރުންގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުވެސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރުގެ މެއި/ޖޫން އަށް ފަސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top