ބީއެމްއެލް، ކްރެޑިޓް ކާޑުތަކުގެ ލިމިޓް އިތުރުކުރަން ނިންމައިފި

0.jpg

ބޭންކް އޮފް މޯލްޑިވްސް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ކުރެވޭ އިންލައިން މުއާމަލާތްތަކުގެ ލިމިޓް އިތުރު ކުރަން އެ ބޭންކުން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލާފައިވާތީ އެ ބޭންކްގެ ކާޑުތަކުން މަހެއްހެ މައްޗަށް ކުރެވޭ މުއާމަލާތް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 250 ޑޮލަރަށް ދަށް ކޮށްފައެވެ.

ނަމަވެސް ބީއެމްއެލް އިން މިއަދު ވިދާޅުވީ، ކަނޑައެޅިފައިވާ 250 ޑޮލަރަށް ވުރެ އިތުރަށް ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސެކްޝަން ހެދުމަށް ޔޫއެސް ޑޮލަރުން ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމަށްފަހު ލިމިޓް އިތުރު ކުރުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލް އިން ވިދާޅުވީ، ލިމިޓް އިތުރުކުރުމަށް އެދި ހުށައަޅާއިރު، ސަރވިސް ޓައިޕްގެ ގޮތުގައި ޓެމްޕޮރަރީ ކާޑް ލިމިޓް ޑޮރޮޕްޑައުން މެނޫ އިން ހިޔާރުކުރުމަށެވެ. މި ގޮތަށް އެދި ހުށައެޅުމުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top