ފޮޓޯއިން ޚަބަރު: ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާއަހަރު ފެށުން

DSCN1098.jpg

ދިރާސީ އާއަހަރުގެ ކިޔެވުން ރާއްޖޭގެ 217 ސްކޫލްގައި މިއަދު ފަށާފައިވާއިރު ބ.އަތޮޅު ތައުލީމީ މަރުކަޒުގައިވެސް މިއަދު ވަނީ އާއަހަރުގެ ކިޔެވުން ފަށާފަ އެވެ.

ދިރާސާ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ބޭއްވި ހާއްސަ އެސެބްލީގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކިޔަވާކުދިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް އެބައޮތް ފާހަގަކުރައްވާފަ އެވެ. އެއް ކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައަކަށް ހެދުމުގެ އިތުރަށް އިގުތިސާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22ވަނަ ދުވަހުއެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top