ދަރަަވަންދޫގައި ސްޕޯރޓްސް ފިޝިންގ ފިހާރައެއް ހުޅުވައިފި

IMG-20200130-WA0000.jpg

ޓްރެވަލީ ފިޝް ފައިޓާރސް ހުޅުވުން --ފޮޓޯ: އަލީ ރާޝިދު

ޓްރެވަލީ ފިޝް ފައިޓާސްގެ ނަމުގައި މަސްވެރިކަން ކުރާ ފިހާރައެއް ދަރަވަންދޫގައި އިއްޔެ ހަވީރު ހުޅުވައިފިއެވެ. 

މި ފިހާރަ ހުޅުވައިދެއްވީ ދަރަވަންދޫގެ މަސްވެރިއެއް ކަމުގައިވާ ދަރަވަންދޫ އަނޯނާގޭ ޔޫސުފް ހުސޭނެވެ. 

މި ފިހާރައިން ޒަމާނީ މަސްވެރިކަމަށް ބޭނުންވާ ހުރިހާވައްތަރެއްގެ ޖިގު، ޕޮޕަރ، ސްޓިކް، ބެއިޓް، ރީލް، ދޮށި ، އަދި ސްޕިލްޓްރިންގ ފަދަ ސާމާނު ލިބެން ހުންނާނެ އެވެ. 

“އަޅުގަނޑުމެންނަށް އަންގަވާލަ ދެއްވާ ތިޔަ ބޭފުޅުން ބޭނުންފުޅުވާ ވައްތަރެއްގެ އުކާ މަސް ނުވަތަ ޕޮޕަރ. ސައުތު އެފްރިކާ، ނުވަތަ އިންޑޮނޭޝިޔާ އިން އަޅުގަނޑުމެން އެންމެ ކޮލިޓީކޮށް ތައްޔާރު ކޮށްގެން ގެނެސް ދޭނަން.” ފިހާރައިގެ އޯނަރ އަލީ ރާޝިދު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ އެންމެ ކޮލިޓީ ރީލާއި ދޮށިވެސް ލިބެން ހުންނާނެ ކަމަށާއި މަސްވެރިކަމަށް ނުކުންނަ ޒުވާނުން ގިނަވުމާއެކު އެޒުވާނުން ޒަމާނީ މަސްވެރިކަމާބެހޭ ގޮތުން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. 
“އެކި ވައްތަރުގެ މަސްވެރިކަން ކުރަން ބޭނުންކުރާ ސާމާނު ހަމައެކަނި އަޅުގަނޑުމެންގެ ބްރޭންޑް ، އެކްސްކްލޫސިވްކޮށް ލިބެން ހުންނާނީ ޓްރެވަލީ ފިޝް ފައިންޑާސް ފިހާރައިން.” އޭނާ އިތުރު ކޮށްލެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ މަޝްހޫރު މަސްވެރިން ގެނެސް އަޅުގަނޑުމެންނާއެކު ބ.އަތޮޅުގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ކުރަން އައުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top