ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ކޮށް، މަހުފީ 500ރ އަށް ބޮޑުކޮށްފި

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީ ސްކޫލް. / އީވީ ފައިލް ފޮޓޯ

ބ. އޭދަފުށީ ކައުންސިލުން ހިންގަމުންއަންނަ ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ޕްރީ ސްކޫލަކަށް ބަދަލުކޮށް، ކުއްޖެއްގެ ފީއަކަށް މަހަކު -/500ރ ނަގަން ކަނޑައަޅައިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ އެކައުންސިލްގެ މިއަހަރުގެ 9 ވަނަ އާންމު ޖަލްސާގައެވެ. 1 މާރޗް 2017 ދުވަހު ބޭއްވި މިޖަލްސާގައި އޭދަފުށީ ކައުންސިލްއިން ނިންމާފައިވަނީ އިންޓަނޭޝަނަލް ސްކޫލަކަށް ބަހިއްޔާ ބަދަލުވެގެންދާއިރު ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްރާ އިންޓަރނޭޝަނަލް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް މޯލްޑިވްސް އާއި ކައުންސިލް ގުޅިގެން ކަމަށެވެ.

އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށްފަހު ކުއްޖެއްގެ އަތުން މަހަކު -/500ރގެ ފީއެއް ނެގުމަށް ކައުންސިލްއިން ކަނޑައެޅީ އޭދަފުށީ ކައުންސިލްގެ މިދައުރުގެ 10ވަނަ އާންމު ޖަލްސާގައެވެ.

މިނިންމުމާއެކު ބަހިއްޔާ ޕްރީ ސްކޫލްގައި މިހާރު ތައުލީމް ހާސިލް ކުރަމުންދާ ޕްރީ ސްކޫލްގެ ދަރިވަރުންގެ ތެރެއިން އިންޓަރނޭޝަނަލް ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އޭދަފުށީ ކައުންސިލްއިން ބުނީ އެކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 23 ވަނަދުވަހުގެ ކުރިން އޭދަފުށީ ކައުންސިލަށް ފޯމް ހުށައެޅުމަށް އެދޭކަމަށެވެ.

ދެބުރިއަށް ހަދާފައިވާ ބަހިއްޔާ ސްކޫލްގެ މަތީ ބުރީގެ ބައެއް މަތީ ތައުލީމް ދިނުމަށް މައިކޮލެޖަށް ކުއްޔަށް ދީފައިވާއިރު، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއްވެސް މަތީ ބުރީގައި ހިންގަމުން ދެއެވެ. އޭދަފުށި ކައުންސިލުން ބުނާގޮތުން ޕްރީ ސްކޫލް އިންޓަނޭޝަނަލް ކްލާސްތައް ކުރިޔަށްދާނީ ބަހިއްޔާގެ ގްރައުންޑް ފްލޯގެ ކްލާސްތަކުގައެވެ.

1940ގެ އަހަރުތަކުގެ ތެރޭގައި އޭދަފުށީ ޔޫސުފް ކަލޭފާނުގެ މޭސްތިރިކަމުގައި އުފެދުނު އޭރުގެ މަދްރަސަތުއް ސައާދާ އަދި ފަހުން މަދްރަސަތުލް ބަހިއްޔާ، ޕްރީ ސްކޫލަކަށް ބަދަލުވީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ނަމަވެސް ޕްރީ ސްކޫލް ތައުލީމް އޭގެކުރިންވެސް އެމަދުރަސާއިން ދެމުން އައެވެ. ބަހިއްޔާއަކީ 1950ގެ އަހަރުންތަކުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ބ. އަތޮޅާއި މުޅިރާއްޖެއިންވެސް ފާހަގަކުރެވުނު މަތީ ފެންވަރުގެ ތައުލީމް ދިން މަދު ސްކޫލްތަކުގެ ތެރެއިން ވަރަށްބޮޑަށް ވިދާލި އެއްސްކޫލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top