އައިޝްވާރްޔާ ރާއީގެ ބައްޕަ މަރުވެއްޖެ

aishwarya-rai-bachchan-1.jpg

އައިޝްވާރްޔާރާއީއާއި އަބީޝެކް ބައްޗަން

1994ވަނަ އަހަރުގެ މިސްވޯލްޑް އަދި ހިންދީ ފިލްމީ ދުނިޔޭގައި ފަނޑުވުމެއްނެތި ފިޔަ ޖަހަމުން އަންނަ ތަރި އައިޝްވާރްޔާ ރާއީގެ ބައްޕަ ކްރިޝްނާރާޖް ރާއީ މަރުވެއްޖެ އެވެ.

ކެންސަރުބަލީގައި ގިނަދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން އައި ރާއި މަރުވެފައިވަނީ މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ މަހެއްހައިދުވަސްވުމަށް ފަހުގައެވެ.

މިދިޔަ ޖެނުއަރީ މަހުވެސް ކްރިޝްނާރާޖު ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވެއެވެ. އޭރު އޭޝްހުރީ ޗުއްޓީ ހޭދެކުރުމަށް ޑުބާއީގައެވެ. އެހެންނަމަވެސް އެޚަބަރު ލިބުމާއެކު ޗުއްޓީ ކުރުކޮށްލުމަށް ފަހު އިންޑިއާއަށް އެނބުރިއައީއެވެ.

އޭޝްގެ ބައްޕަގެ ހާލު ބޮޑުކަމުން އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަންގެ އާއިލާ، މިދިޔަ ހަފްތާގައި އިންޑިއާގައި ފާހަގަ ކުރި ހޯލީ އީދުގައިވެސް ބައިވެރިވެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top