ދިރާގުން އިންޓަރނެޓް ސްޕީޑް އަލުން މަތިކޮށްފި

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

މިމަހު 1 އިން ފެށިގެން ދިރާގުގެ އިންޓަނެޓްގެ ބައެއް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫސޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓްގެ ސްޕީޑް ދަށް ކުރުމަށް ފަހު އާއްމުންގެ ޝަކުވާ އާހެދި އަލުން ސްޕީޑް މަތި ކޮށްފިއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިރާގުގެ އެންމެ އަގުހެޔޮ ދެ ޕެކޭޖްގެ ފެއާ ޔޫސޭޖް އެލަވަންސް ހަމަވުމުން ސްޕީޑް 256 ކޭޕީބީއެސް އަށް ދަށްވެ އެވެ. އަދި މަހަކު 1،090ރ. ދައްކައިގެން ލިބޭ ފައިބާ 10 އެމް ޕްރިމިއަމުން ފެށިގެން ފައިބާ 5އެމް ޕްލަސް ސްޕީޑް 512 ކޭޕީބީއެސްއަށް ދަށްވެ އެވެ.

ދިރާގުން އެ ބަދަލު ގެނައުމުގެ ކުރިން ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ކޮންމެ ޕެކޭޖެއް ވެސް 1 އެމްބީޕީއެސް ސްޕީޑްގައި ބޭނުންކުރެ އެވެ.

ކަސްޓަމަރުން ފާޑުކިއުންތަކާ ގުޅިގެން ދިރާގުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންގެ އަޑު އަހައިފި ކަމަށާއި ފިކްސްޑް ބްރޯޑް ޕެކޭޖްތަކަށް މިހާރު ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

“ކަސްޓަމަރުންގެ އަގުހުރި ހިޔާލުތަކަށް ޝުކުރު އަދާކުރަން. މި ބަދަލު ގެނައިރު، އަޅުގަނޑުމެން ވާނީ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ 256 ކޭޕީބީއެސް ސްޕީޑް ނުހިމަނާ ގޮތަށް ނިންމާފައި،” ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން، ކުރިއެކޭ އެއްގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.

ދިރާގުން ގެނައި ބަދަލާ ގުޅިގެން މަހަކު 790ރ. ދައްކައިގެން ލިބޭ ފައިބާ 5 އެމް ޕްރިމިއަމުން ފެށިގެން ދަށުގެ ޕެކޭޖްތަކުގެ މަހަކު ލިބޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭނީ 512 ކޭޕީބީއެސް ސްޕީޑްގަ އެވެ. އެ ޕެކޭޖުން ފެށިގެން އަގުބޮޑު ޕެކޭޖްތަކަށް ކުރިއެކޭ އެއްގޮތަށް ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top