”އިޝީތާ ” ރާއްޖޭގައި

x480-WvM.jpg

ދިވެހިންގެ ތެރޭގައި މަގްބޫލު ޑްރާމާ ސިލްސިލާ، ޔޭހޭ މުހައްބަތޭން ގެ ލީޑްރޯލް ކުޅޭ އިޝީތާ ބައްލާ (ދިވްޔަންކާ ތްރިޕަތީ ) އާއި ފިރިމީހާ އަދި ޓީވީ އެކްޓަރ ވިވެކް ދާހިޔާ ރާއްޖެ އަތުވެއްޖެއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާ ވިޓާވެލި ރިސޯޓުގަ އެވެ.

ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް މި އުޅެނީ އެދެމަފިރިންގެ ކައިވެނީގެ 2ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށެވެ. ރާއްޖެ އައުމުގެ ކުރިން މި ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިވެކް ބުނެފައިވަނީ އަހަރެމެން ދއެމީހުންނަކީވެސް ވަރަށް ބޮޑަށް ދަރުތުކުރާ ހިޔް ވާ ދެމީހުންކަމަށާއި ކައިވެނީގެ ދެވަނަ އެނިވަރސަރީ ފާހަގަ ކުރުމަށް ރާއްޖެ ޚިޔާރު ކުރީ އެނިވާސަރީ ވީހާ ވެސް ހާއްސަ ކުރުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް ދެމީހުންވެސް މިދުވަސްކޮޅު  ވަރަށް އަވަދިވެތި އުޅެން ޖެހިފައިވާތީ  ޗުއްޓީ އެހާ ދިގު ކުރެވެން ނެތް ކަމަށް ބުނެފައިވެއެވެ.

“ޖުލައި 7ގައި އަހަރެމެން ރާއްޖެއަށް ދާނަން. އެކަމަކު އަހަރެމެންގެ  ބިޒީ ޝެޑިއުލްގެ ސަބަބުން ވަރަށް އަވަހަށް އެނބުރި އަންނަން ޖެހޭ ” ވިވެކް ބުނެފައި ވެއެވެ. ”

މި ދެމަފިރިންގެ ސިލްސިލާ ޑްރާމާ ތަކެއް މިހާރުވެސް ޓީވީ އިން އަންނަނީ ދައްކަމުންނެވެ. އެންމެ ފާހަގަކުރެވެނީ ދިވްޔަންކާ އިޝީތާގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޓާ ޕްލަސް އިން ގެނެސްދޭ “ޔޭ ހޭ މޮހައްބަތޭން” އާއި ވިވެކް އާއި ކަރިޝްމާ ތަންނާގެ “ގަޔާމަތުކީ ރާތު” އެވެ.

ދިވްޔަންކާ ވަނީ ޔޭހޭ މުހައްބަތޭންގެ ކުރިންވެސް ކާމިޔާބު ސިލްސިލާ ޑްރާމާތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި “ބަނޫ މޭ ތޭރީ ދުލްހަން”، “ތޭރީ މޭރީ ލަވް ސްޓޯރީ” އަދި “ކުޗް ތޯ ހޭ ތޭރޭ މޭރޭ ދަރްމިޔާ” ފާހަގަކޮށްލެވެ އެވެ.

މި ދެމީހުން ކައިވެނި ކޮށްފައިވަނީ ޖުލައި، 8، 2016 ގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top