އާ ޑޮމެސްޓިކް އެއަރ ލައިނެއްގެ ޚިދުމަތް ފެށެނީ. ދަރަވަންދޫ އެއަރޕޯޓަށް ދަތުރު ކުރާނެ

189797_3_0de8ef28af813a24d3012b5c1b83f5f9e3dfae5d_medium.jpg

މަންޓާ އެއަރގެ ބޯޓެއްގެ ނަމޫނާއެއް - ފޮޓޯ :މަންޓާ އެއަރ

އަންނަ އޮކްޓޯބަރ މަހު ރާއްޖޭގައި އާ ޑޮމެސްޓިކް އެއަރލައިން އެއްގެ ޚިދުމަތް ދޭން ތައްޔާރު ވެއްޖެއެވެ.

އަލަށް އުފައްދާ އެއާލައިންގެ ނަމަކީ “މަންޓާ އެއާލައިން” އެވެ. “މަންތާ އެއާ” އަކީ ރާއްޖޭގެ ޓޫރިޒަމް ގެ އެންމެ ޒަމާންވީ އަދި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސް އާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެން އުފައްފާފައިވާ އެއަރ ލައިން އެކެވެ. މަންޓާ އެއާގެ ދަތުރުތައް ފަށާނީ އޭޓީއާރު މަރުކާގެ، 50-100 ގޮޑިއާ ދެމެދުގެ ތިން ބޯޓާ އެކު އެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއަރލައިންގެ ދަތުރުތައް ދަރަވަންދޫ އަށްވެސް ކުރެއެވެ. އެވެ. ދަރަވަންދޫގެ އިތުރުން ފަސައިގަންނައިރު ދަރުތު ކުރުމަށް ނިންމާފައިވަނީ ދ. ކުޑަހުވަދުއަށާއި ރ. އިފުރު އަދި ތ. ތިމަރަފުއްޓަށެވެ.

ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި ވިލާ އެއާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top