ރޯޔަލް އައިލެންޑްގައި ކުޑައީދު ޗުއްޓީ ކުޑައަގެއްގައި ހޭދަކޮށްލެވޭނެ.

pic-10.jpg

ބ.އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި މިއަހަރު ކުޑައީދު ޗުއްޓީ ހެޔޮ އަގެއްގައި ހޭދަކޮށްލެވޭން ކަމަށް އެރިސޯޓުން ބުނެފިއެވެ. ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް މި ޕެކެޖްގައި އީދު ޗުއްޓީ ހޭދަކޮށްލެވޭނެ ކަމަށް ރިސޯޓުން ބުނެއެވެ.

ކުޑައީދު ޗުއްޓީއާ ދިމާކޮށް ރޯޔަލް އައިލެންޑް ރިސޯޓުން ވަނީ އާ ޕެކެޖެއް ތައާރަފް ކޮށްފައެވެ. މި މަހުގެ 10 އިން 30 ގެ ނިޔަލަށް ކަނޑައަޅާފައިވާ ޕެކެޖްގައި ވާ ގޮތުން ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް (ޑަބަލް ރޫމް) ރިސޯޓުން ޗާޖް ކުރަނީ ތިން އިރުގެ ކެއުމާ އެކު ރެއަކަށް 1،999ރ. އެވެ.މީގެ އިތުރުން ދަތުރު ޚަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

ނަމަވެސް މި ޕެކޭޖުގެ ދަށުން އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާ ގްރޫޕްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top