އެމް7 ބުކްސްޓޯރުގެ އާ ޝޯރޫމް ހުޅުވައިފި

1.jpg

ދިވެހިރާއްޖޭގައި ޕްރިންޓިންގ، ސްޓޭޝަނަރީ، އަދި އޮފީސް ސާމާނު ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ، އެމް7 ގްރޫޕުން އެ ކުންފުނީގެ އެންމެ ފަހުގެ ޝޯރޫމް، އެމް7 ބުކްސްޓޯރ، މާލޭގެ ނިކަގަސް ހިނގުމުގައި ހުންނަ މ.މަނަސް ގައި ހުޅުވައިފިއެވެ.

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.  މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި ތަޢުލީމާއި ވިޔަފާރި ކުރިއެރުވުމަށް އެމް7 އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

”އެމް7 ގެ ދެމެހެއްޓެނިވި ކުރިއެރުމާއި އިޚްލާސްތެރިކަން އަޅުގަނޑަށް ވަނީ ފާހަގަވެފަ. މިފަދަ ވިޔަފާރީގެ އުކުޅުތައް ދަސްކޮށް، ކުރާ މަސައްކަތްތަކަށް އުފެއްދުންތެރިކަން ގެނައުމަކީ މިއަދުގެ އައު ޖީލަށް ވަރަށް މުހިންމު ކަމެއް. ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މައިގަނޑު އުސޫލުތަކަށް ތެދުވެރިވެ ހުރެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމް7 އިން އަބަދުވެސް މަސައްކަތްކުރޭ.“ޒުވާނުންނާ މުޚާޠަބުކުރައްވަމުން ޑރ.އަންވަރު ވިދާޅުވި އެވެ. 

އެމް7 ބުކްސްޓޯރުން ފޯރުކޮށްދޭ ފާހަގަކޮށްލެވޭ ޚުދިމަތްތަކުގެ ތެރޭގައި ތަޢުލީމީ މުއައްސަސާ ތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ ސްޓޭޝަނަރީ ހޯދައިދެއެވެ. މީގެ ތެރޭގައި ނާސަރީން ފެށިގެން ޔުނިވަރސިޓީ ފެންވަރުގެ ދަރިވަރުންނަށް ބޭނުންވާ ތަކެއްޗާއި ކޯޕަރޭޓް އޮފީސްތަކަށް ބޭނުންވާ އަސާސީ ތަކެތި ހިމެނެއެވެ. ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ފޮތްލިސްޓް ފަދަ ތަކެތީގެ ޑެލިވަރީގެ ޚިދުމަތް މިހާރުވަނީ ދޭންފަށާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ތަކެތި ވާސިލު ކޮށްދިނުމުގެ ގޮތުން ”އެމް7 ރަށު އޭޖެންޓް“ ނެޓްވަރކް މެދުވެރިކޮށް އެމް7 ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ލިބުންދާކަން ފާހަގަކުރެވެއެވެ.

”ދަރިވަރުންގެނަށް ފެންވަރު ތަކެތިން އަވަހަށް ޚިދުމަތްދިނުމީ އަޅުގަނޑުމެންގެ އަޒުމު. ދަރިވަރުންނާއި މުދައްރިސުންނަށާއި ވަފާތެރި ކަސްޓަމަރުންނަށް، އެބޭފުޅުންގެ ދެމެހެއްޓެނިވި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.“މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު، ވިދާޅުވިއެވެ.

މީގެ އިތުރުން ކުންފުނީގެ މައިގަނޑު އަސާސްތައް ވެސް ސައްތާރު ބަޔާންކުރެއްވިއެވެ:

”އެމް7 ގައި އަޅުގަނޑުމެން އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށް: ފެންވަރު ރަނަގަޅުތަކެތި، އިތުބާރާއި ޔަގީންކަން، ފަސަހަވާނޭ ގޮތުން އަވަސް ޚިދުމަތް އޯގާތެރި ހިނިތުންވުމާއެކު ޚިދުމަތްދިނުން. އަޅުގަނޑުމެންގެ ޝިޢާރު ކަމުގައިވާ ‘ސިމްޕްލިފައިންގ ސޮލިއުޝަންސް’ އިން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހާސްކަންމަށް ހައްލު ހޯދައިދިނުން“ އެމްޑީސައްތާރު ވިދާޅުވިއެވެ. 

މިތަން ހުޅުވުން ފާހަގަކުރުމުގެ ގޮތުން އަންނަ ތައުލީމީ އާއަހަރާއެކު ޑްރޯ އެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތްލިސްޓު ޕްރޮމޯ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މިޕްރޮމޯޝަން ފެށޭނީ ސްކޫލްތައް ހުޅުވުމާއެކުގައެވެ.

ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރު އަދާކުރަމުން  އެމް7 އިން ބުނެފައިވަނީ:

“އިންތިޒާރުކުރެއްވުމަށް ޝުކުރިއްޔާ – ތިޔަ ބޭފުޅުންނަށްޓަކައި ފޯރިގަދަ ސަޕްރައިޒްތަކެއް ހުރީ ކުރިޔަށް!”

ސައްތާރުގެ ޝުކުރުން ފުރިގެންވާ ނިންމާލުމުގެ ބަސްކޮޅު ނިންމަވާލެއްވީ މި އިބާރާތްކޮޅުންނެވެ.

”އެމް7 ޓީމުގެ ވަފާތެރިކަމާއި ބުރަ މަސައްކަތާއި އަޅުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުންގެ އިތުބާރާ ނުލައި މިއަދުގެ މި ކާމިޔާބީ ހާސިލުނުކުރެވުނީސް. ތިޔަ ކޮންމެ ބޭފުޅަކަށް ތިޔަ ބޭފުޅުންގެ ނުގުޑާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން – ތިޔަ ބޭފުޅުންނަކީ އަޅުގަނޑުމެން މިއަދު މިހިސާބަށް އާދެވުނު ސަބަބު.“

އެމް7 ބުކްސްޓޯރަކީ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭ، އަދި އެމް7 އިން ފޯރުކޮށްދޭ ޚިދުމަތުގެ ފުރިހަމަކަން ދައްކުވައިދޭ ތަނެކެވެ. ކަސްޓަމަރުންނަށް މި ޝޯރޫމަށް ޒިޔާރަތްކޮށް، އެތަނުގައި ހުރި ތަފާތު އެކި ބާވަތުގެ ތަކެތި ބައްލަވާލައްވައި، އަދި ލޯޔަލިޓީ ޕްރޮގްރާމްގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top