ރޯދަ މަހުގެ ރަސްމީގަޑި ކަނޑައަޅައިފި

big_Yi4wnM26FK2hXoYbDqHl6oYt0.jpg

ރައީސް އޮފީސް

މި އަހަރުގެ ރޯދަ މަހު ސަރުކާރު މުވައްޒަފުންގެ މަސައްކަތުގެ ރަސްމީ ގަޑި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި އާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފަ އިވަނީ، ކުރިއެކޭ ވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމުގައެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައި ވަނީ، ރައީސް އޮފީހުން މާޗް، 6، 2022 ގައި ނެރުނު ދެންނެވުމުންނެވެ.

މި އަހަރުގެ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ އަންނަ މާރިޗު މަހުގެ 1 އާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top