ބީއެމްއެލް އިން ޑިޖިޓަލް ޕިން ތައާރަފް ކޮށްފި

0.jpg

ބޭންކް އޮފް މޯލްޑިވްސް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ އެ ބޭންކުން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ތައާރަފް ކުރި ކަމެއްކަމަށެވެ.

މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލު ކޮށްލެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކާޑުގެ ޕިން ހޯދުމަށް ބޭންކަށް ޒިޔާރަތް ކުރަން ނުޖެހި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރި ކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑުކުރަން ނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލު ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ރާއްޖޭގެ 20 އަތޮޅުގައި އެ ބޭންކުގެ 38 ބްރާންޗް އާއި 124 އޭޓީއެމް ހިންގައެވެ. މީގެ އިތުރުން 61 ސެލްފް ސާވިސް ބޭންކިންގް ސިސްޓަމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ދެމުން ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top