2021ވަނަ އަހަރުގެ ބަޖެޓް ،35 ބިލިޔަން ރުފިޔާ

ދިވެހި ދައުލަތުގެ 2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާނީ 35 ބިލިއަން ރުފިޔާކަަމަށް ފިނޭސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް، އަހްމަދު ޝަރުވަސް ވިދާޅުވީ، މިމަހު 31 ވަނަ ދުވަހުގެ ކުރިން 2021 ވަނަ އަހަރުގެ ބެޖެޓުގެ ގޮތުގައި 35 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ޝަރުވަސް ވިދާޅުވީ މިނިސްޓްރީން މިހާރު ގެންދަނީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށާއި ބަޖެޓުގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އަދި ފިނޭންސުން ހާމަކޮށްފައެއް ނުވާކަމަށެވެ.

ޝަރުވަޝް ވިދާޅުވީ މިއަހަރުގެ ބަޖެޓަށްވުރެ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ކުޑަ ވާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގައި މިއަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު %5.7 ދައްވާނެކަމަށް ފިނޭންސް މިނިސްޓަ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top