ރުއް ހައްދަން ޝައުގުވެރިވާ ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލައިފި.

IMG_20200724_133946178.jpg

ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމުގެ ގޮތުން ރުއް އިންދައިގެން ހައްދަން ޝައުގުވެރިވާ ކައުންސިލްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ރުކުގެ އާޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިކަމަށް ޝައުގުވެރިކަން ހުރި ކައުންސިލްތަކުން މިނިސްޓްރީއަށް އީމެއިލް ކުރެއްވުމަށެވެ.

މެއިލް ކުރެއްވުމުން މިކަމަށް ޝައުގުވެރިކަންހުރި ކައުންސިލްތަކުގެ ތެރެއިން ހޮވާލެވޭ 15 ކައުންސިލަކަށް ކޮންމެ ރަށަކަށް 100 ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

މިޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަން އެމިނިސްޓްރީއިން ފާހަގަކޮށްފައިވާއިރު، ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ‘ޗަވައްކަޑު އޮރެންޖް’ ޑްވާފު މުޑުވަކެވެ. ޑްވާފް ވެރައިޓީގެ މުޑުވައްތައް ހެދޭނެ ދިގުމިނަކީީ 10-15 ފޫޓެވެ.

ރުުއް ލިބޭ ރަށްތައް ހޮވުމުގައި އެމިނިސްޓްރީން ބަލާ ކަންތައް ތަކުގެ ތެރޭގައި ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތަކާއި މިމައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތް ތަކުގެ އިތުރުން މިނިސްޓްރީން ހަދިޔާކުރެވޭ ރުއްތައް ބޭނުންކުރުމުގެ ޕްލޭން އާއި ދުރު މުސްތަގުބަލަށް އެރުއްތަކުން ފައިދާ ހޯދަން ރާވާފައިވާ ގޮތަށް ވެސް ބައްލަވާނެއެެވ.

މިކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3339236 އަދި 3339261 ފޯނަށް ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top