އުރީދޫ ކަލަރރަން އަށް އައްޑޫސިޓީ އިން ބޮޑު ތަރުހީބެއް

241641_3_435733b17f2c3890c9c4b686b60faa288e190a73_medium.jpg

އުރީދޫން އައްޑޫ ގައި މިއަދު ހަވީރު ބޭއްވި ކަލަ ރަން --ފޮޓޯ: އުރީދޫ

ތަފާތު ކުލަތަކާއި އެކު، އުރީދޫގެ މި އަހަރުގެ “ކަލަ ރަން” އައްޑޫގައި މިއަދު ބާއްވައިފި އެވެ.

މިއަދު ހަވީރު 15:30 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުން ފެށި މި ދުވުން ނިންމާލާފައި ވަނީ އިރުއޮއްސި 18:00 ގައެވެ.

މި އިވެންޓުގައި އެކި އުމުރު ފުރައިގެ 2،000 މީހުން ބައިވެރިވެފައިވާއިރު، ފަސް ކިލޯމީޓަރގެ އެ ދުވުމުގެ ބައިވެރިން ވަނީ ދުވުން ފުރިހަމަކޮށް ހަނދާނީ މެޑަލް ހޯދައިފައެވެ.

މި ދުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން އުރީދޫގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫ ކަލަރ ރަން މިއަދު ބާއްވާފައިވާއިރު، އުރީދޫ އާއި ޓްވިޓްސާފް ގުޅިގެން މާދަމާ ހަވީރު 16:00 އިން  18:00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

“އުރީދޫ ކަލަރ ރަން” އަތޮޅުތެރޭގެ ރަށެއްގައި ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top