ގްރޭޑް އެކަކަށް ވަންނަ ކުދިންނަށް ފެންއަޅާފުޅި ދެނީ

326-baec.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް އަލަށް ވަންނަ ދަރިވަރުންނަށް އަލުން ބޭނުން ކުރެވޭ ފެންއަޅާފުޅި ދިނުމަށް ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އަލުން ބޭނުންކުރެވޭ ފެން އަޅާފުޅި (ބީ.އެފް.އޭ ނުހިމެނޭ) ދޭން ނިންމާފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ކަމަށެވެ.

މިކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މީގެ އަމާޒަކީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އަދި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން ކަމުގައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަހަރު ވަނީ ޕްލާސްޓިކް މަދުކުރުމަށް ސްކޫލްތަކަށް އަމާޒުކޮށްގެން ‘ފަރުކޮއި’+ ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ވަނީ ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި ފަދަ އެއްފަހަރު ބޭނުންކުރެވޭ ބާވަތްތައް ގެންގުޅުން މަނާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top