ހައްޖުވެރިންގެ ފަހު ގުރޫޕް މިއަދު ފުރައިފި

photo_2024-06-10_18-10-33.jpg

ރާއްޖޭގެ މިއަހަރު ހައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރައިފިއެވެ.

ސައުދީ އެއާލައިންގެ ފްލައިޓެއްގައި މިއަދު ހަވީރު ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް ފުރާފައިވާއިރު، އެ ފްލައިޓުގައި މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި މައްކާއަށް ވަޑައިގަންނަވާ، ތައުލީމީ ވުޒާރާގެ ވަޒީރު، ޑރ. ޝަފީއުވެސް ވަނީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގެންފައެވެ.

ދިވެހި ދައުލަތުގެ ފަރާތުން ހައްޖުގައި ރާއްޖެ ތަމްސީލްކުރާ އިސްބޭފުޅެއްގެ ގޮތުގައި، އަދި ރާއްޖޭގެ ހައްޖާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅާ އަމީރުލްހައްޖުގެ ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެހެްނކަމުން މިއަހަރު ހައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާ އިސް ވެރިއަކީ ޑރ. ޝަފީއު އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރާފައި ވަނީ ހަތަރު ގްރޫޕަކަށެވެ. ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. ޖޫން 3 ގައި ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ. އަދި ބާކީ ތިބި ހައްޖުވެރިން ފުރާފައި ވަނީ ޖޫން 7 ވަނަ ދުވަހާއި މިއަދު އެވެ.

މީގެ އިތުރުން މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެމީހުން ފުރީ ޖޫން 7 ގައެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top