”ވިއަވަތި “މަހާސިންތާ މާދަމާ އުކުޅަހުގައި  

maxresdefault.jpg

ފަނޯއްލަ ދަރުބާރު 2 ގެ ޑިސްކަޝަން ގެ ތެރއިން

ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާ ”ވިއަވަތި ރާއްޖެ“ މާދަމާ ބާއްވާ ގޮތަށް ނިންމައިިފި އެވެ.

އއ. އުކުޅަހުގައި “ފަނޯއްލަ ދަރުބާރު”ގެ ނަމުގައި ބާއްވާ މަހާސިންތާގެ ސެޝަނެއްގައި ރައީސް ސޯލިހާއި އެކު ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ރާއްޖެ ތެރޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ ރައީސުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މައުލުމާތު ލިބެއެވެ.

މިއީ ލާމަރުކަޒީ ސިޔާސަތު ވިލަރެސް ކުރުމުގެ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާއްވާ ތިންވަނަ މަހާސިންތާ އެވެ.

ތިން ދުވަހަށް ދެމިގެންދާ މިމަހާސިންތާގައި ލާމަރުކަޒީ އުސޫލު ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. އަދި ލާމަރުކަޒީ ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިސަރުކާރުން ދީފައިވެ އެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަން ކައުންސިލްތަކުން ކުރުމުގައި ވަކިން ހާއްސަކޮށް މުވައްޒަފުން ނެގުމާއި ބައެއް ކަހަލަ ހުއްދަތައް ހޯދުމުގައި އަދިވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ކައުންސިލް ތަކުގެ ބުނެ އެވެ.

ކައުންސިލްތަކަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ލޭންޑް ޔޫޒް ޕްލޭން ނުހެދި، ބިންތައް ބޭނުންކުރަން ހުއްދަ ނުލިބުމެވެ. ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެލްޖީއޭ އިން ވަނީ އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަމަށް އެދިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top