އޭޖޭއީ ގެ ” މަށަށްވެސް ރުކެއް -އޭދަފުށި ”ކެމްޕޭން ފަށައިފި

25.jpg

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. އީޓީ ފޮޓޯ/ތޯރިގް

ރުކާއި ގަސް ކެނޑުމުގެ ސަބަބުން އިންތިހާ ދަރަޖައަށް ހޫނުކަން އިހްސާސް ކުރަން ޖެހިފައިވާ އޭދަފުށްޓަށް ފިނިކަމެއް ހޯދައިދިނުމުގެ ގޮތުންނާއި ރާއްޖެއަށް ދިމާވެފައިވާ ކާށިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އޭޖޭ އެމްޕޯރިއަމްއިން އިސްނަގައިގެން ކުރިއަށް ގެންދާ “މަށަށްވެސް ރުކެއް -އޭދަފުށި ” ކެމްޕޭން މިއަދު ހަވީރު ފަށައިފިއެވެ.

މި ކެމްޕޭން ފަށައިދެއްވީ އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ބޭސްވެރިކަމާއި ފޫޅުމައިކަމުގެ ރޮނގުން ކޮށްދެއްވައި އެކަމުގެ ގައުމީ އިނާމު ހާސިލް ކުރެއްވާފައިވާ އޭދަފުށީ ގުލްބަކާގޭ ހަސީނާ މުހައްމަދުއެވެ.

ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގެ ކޮންމެ ރައްޔިތަކަށް ރުކެއް އެއް އަހަރުދުވަހުގެ ތެރޭގައި އިންދުމަށް އަމާޒުހިފައިގެން ކުރިއަށް ގެންދާ މި ކެމްޕޭން މިއަދު ފެށިއިރު އޭޖޭއީން ވަނީ 200 އަށް ވުރެ ގިނަ ރުއް އޭދަފުށީގެ އުތުރު ފަރާތުގެ އެކި ސަރަހައްދުގައި އިންދާފައެވެ.

މިކަމާ ބެހޭ ގޮތުން އޭޖޭގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ރުއް ހަމައެކަނި އިންދުމުން އެއީ ނިމުނީ ކަމަށް ނުބަލާނޭކަމާއި މި ރުއްތައް ހައްދައި ބެލެހެއްޓުމަކީ ވެސް ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމުގައެވެ. އެގޮތުން ރުށްތަކަށް ފެންދިނުމުގެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައިކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top