ވިޔަފާރިތައް ގިންތި ކުރާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކޮށްފި

20190504_123432.jpg

އީވީ ފޮޓޯ

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 25 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ދަށުން ވިޔަފާރިތައް ބެހިގެންވާ ތިން ގިންތީގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމަށް ބަލާ މިންގަނޑުތަކަށް ވަނީ ބަދަލުގެނެސް ފައެވެ. ގިންތި ތަކަށް ބަދަލު ގެނައުމާ އެކު، ކުރިން ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ބެލެވޭނީ އެންމެ ކުދި ވިޔަފާރިތަކުގެ ގޮތުގަ އެވެ. އަދި ކުރިން މެދު ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ކުދި ވިޔަފާރީގެ ގޮތުގައި ބެލެވޭނެ އެވެ. އެއާ އެކު، ބައެއް ވިޔަފާރިތަކުން ދޭން ޖެހޭ މިނިމަމް ވޭޖުގެ އަދަދުވެސް ކުޑަވާނެ އެވެ.

މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއު ކޮށްފައެވެ.
މި ގާނޫނަށް އަމަލުކުރަށް ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އި އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، 30 ޖުލައި 2022 ގެ ކުރިން، އަލުން ގިންތިކޮށް ދަފްތަރުކޮށް، އާންމުކުރަން ވާނެކަމުގައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top