ފެހެންދޫ ފަޅުގައި އަޅާފައި އޮތް ދެ އުޅަނދެއްގައި ރޯވެއްޖެ!

56378290323232442323-1536x878.jpg

ފެހެންދޫގައި ރޯވި ދޯންޏާއި ޑިންގީ - ފޮޓޯ: ސޯޝަލްމީޑިއާ

ބ.ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެ އެ އަލިފާންގަނޑު ފެތުރުމާއި ގުޅިގެން ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގައި ވެސް ރޯވެ ދެއުޅަނދު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

މިކަމާ ގުޅިގެން ފެހެންދޫން އީވީއަށް މައުލޫމާތު ދިން މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށާއި ފުރަތަމަ އަލިފާން ރޯވީ ފެހެންދޫގައި ހަދާ ގެސްޓްހައުސްއަކަށް ބޭނުންވާ ތަކެތި އުފުލުމަށް ބޭނުން ކުރާ މުދާ އުފުލާ ދޯންޏެއްގައި ކަމަށެވެ. އެއީ “އެގްރި” ނަމަކަށް ކިޔާ 70 ވަރަކަށް ފޫޓްގެ ދޯންޏެކެވެ.

”އަލިފާން ރޯވެފައި ހުއްޓާ ފެނުނު އިރުވެސް ވަރަށް ބޮޑަށް ދޯނީގައި ރޯވެފައި ހުރީ.“އޭނާ ބުންޏެވެ.

ދޯނީގައި އަލިފާން ރޯވުމުން ބަނދަރުގައި ހުރި އެހެން އުޅަނދުތައް އެރަށު ރައްޔިތުން ނުކުމެ ވަނީ ދުރަށް ޖައްސާފައެވެ.

300 އެއްހައި މީހުންގެ އާބާދީއެއް އޮތް ރަށުގައި އަލިފާން ނިއްވަން ބޭނުންކުރާ އެއްޗެހި ނެތުމުން އަލިފާން ނިއްވަން މަސައްކަތެއް ނުކުރެވުނެވެ.

އަލިފާން ރޯވި ދޯނި ރޭ ފަތިހު ވަނީ އަޑިއަށް ގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top