ޝާހިދުއާއި މީރާއަށް އަންހެން ދަރިއަކު ލިބިއްޖެ

shahid-kapoor-and-mira.jpg

ބޮލީވުޑް އެކްޓަރ ޝާހިދުކަޕޫރު އާއި މީރާ ރާޖްޕުތުގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.  މިޚަބަރު ޝާހިދުގެ ފޭނުންނާ ހިއްސާކުރަމުން އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ “އަންހެން ދަރިފުޅު އަތުވެއްޖެކަމަށާ ބަސްތަކަކުން ބުނަންދަތި އުފާވެރިކަމެއް އިހްސާސްކުރެވެމުންދާ ކަމުގައެވެ. އަދި މިމުނާސަބަތުގައި ހެޔޮ އެދުން ފޮނުވި އެންމެންނަށް ޝުކުރު އަދާކުރަން “ކަމުގަ އެވެ.

ޝާހިދުގެ ޓުވީޓާއެކު އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ދަނީ ތަހުނިޔާ ކިޔަމުންނެވެ.

މީރާ ވިހާފައިވަނީ އިއްޔެހަވީރު މުންބާއީގެ ހިންދޫޖާ ހެލްތް ކެއާ ސާޖިކަލް ހޮސްޕިޓަލްގައި 7:56 ހާއިރު އެވެ. ދަރިފުޅުގެ ބަރުދަނުގައި 2.8 ކިލޯ ހުރިކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

މީރާ ވިހޭއިރު ޝާހިދު އޭނާ ކައިރީގައި ހުއްޓެވެ. އަދި ޝާހިދުއާއި މީރާގެ އާއިލާވެސް  އެއާއިލާއަށް އަލަށް އަންނަ މެހްމާނަށް މަރްހަބާ ކިއުމަށް އެވަގުތު ހޮސްޕިޓަލަށް ގޮސްފައިވެއެވެ.

މިދުވަސްކޮޅަކީ ޝާހިދުގެ އަމިއްލަ ދިރިއުޅުން ކާމިޔާބު ދުވަސްކޮޅަކަށް ވާއިރު އޭނާގެ ފިލްމީ ދިރިއުޅުންވެސް ވެގެން ގޮސްފައިވަނީ ކާމިޔާބު ދުވަސްކޮޅަކަށެވެ. އެގޮތުން އޭނާގެ ފަހުގެ ފިލްމް “އުޅްތާ ޕަންޖާބު” ހިމެނިގެން ދިޔައީ ފިލްމީ ކެރިއަރަށް އަނެއްކާވެސް އިތުރުވި ބޮޑު ކުރިއެރުމެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top