ފޮޓޯއިން ހަބަރު: އޭދަފުށީގެ ގޭގެއަށް ލެޑް ލައިޓް ދޫކުރަން ފެށުން

25.jpg

ލެޑްލައިޓް ދޫކުރުން ފެށުމަށް އޭދަފުށީ އިންޖީނުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އަލީ އަޝްރަޤް

9 ނޮވެމްބަރ 2017 (ބ. އޭދަފުށި):- ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ލެޑްލައިޓް އޭދަފުށިގެ ގޭގެއަށް ބަހަން ފަށައިފިއެވެ.

މިއަދު ހެނދުނު އޭދަފުށީ އިންޖީނުގޭގައި އޮތް ރަސްމިއްޔާތެއްގައި މިލައިޓްތައް ގޭގެއަށް ދޫކުރުން ފައްޓަވައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާންއެވެ.

އޭދަފުށި އިންޖީނުގެއިން ބުނީ “ފަހިއަލި” ނަމުގައި އެންވަޔަރންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ ލެޑް ލައިޓް ބެހުމުގެ ތިންވަނަ މަޝްރޫއުދަށުން ކުރިޔަށް ގެންދެވޭ މިހަރަކާތުގައި އޭދަފުށިގެ 650 އަށްވުރެ ގިނަ ގޭބިސީއަށް ލެޑްލައިޓް ދޫކުރެވޭނެކަމަށެވެ. އެގޮތުން ކޮންމެ ޑޮމެސްޓިކް މީޓަރަކަށް ފަސް ލެޑްލައިޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ އިންޖީނުގެއިން ބުންޏެވެ.

ފޮޓޯތައް: އަލީ އަޝްރަގް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top