ކޮންމެ ނަމާދެއްގައި ގުނޫތުކިޔަން ހަމަޖައްސައިފި

b_HM0y9EG6dkjMAUenWqKN10aeH.jpg

އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލު ވުމެއްގެ ތެރއިން-- ވަން ފޮޓޯ : އައުޒަމް

ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި މިއަހަރު ޖަނަވަރީމަހުގެ 30އިން ފެށިގެން ޤުނޫތު ނާޒިލާ ކިޔަމުން އަންނަނީ ރޭގަނޑުގެ ނަމާދުތަކުގައި ކަމަށް ވިޔަސް މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިފި އެވެ.

އެމިނިސްޓްރީއިން މިގޮތަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގައި ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެ، އިތުރަށް ޝައްކުވާ މީހުން ފެންނަމުންދާތީ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި ދެމީހުން ކުރެއްދޫ އިން ފެނުމާއެކު އެ ރިސޯޓުގެ ލެވެލް ވަނީ އޮރެންޖަށް މަތިކޮށްފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުން ބަލި ފެނިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވަނިކޮށެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ޖަލުތަކުގެ ގައިދީންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން މިހާރު ވަނީ ފަށައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top