ދެމަފިރިން އެކަކު އަނެކަކާ މުއާމަލާތް ކުރަންޖެހޭނީ ރިވެތި އަދި އޯގާތެރި ބަހުން: ޚުތުބާ

IMG_0052.jpg

ދެމަފިރިން ވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި އަދި އޯގާތެރި ބަހުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

“ހެޔޮބަސް ބުނުން” މި މައުޟޫއަށް ޚާއްސަކޮށް މިއަދުގެ ހުކުރު ޚުތުބާގައި މިކަމާބެހޭ ގޮތުން އިތުރަށް ބުނީ، އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، އެދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށާ ޒަވާޖީ ހަޔާތަކީ ލޯތްބާއި އޯގާވެރިކަމުގެ މަތީގައި ބިނާވެފައި އޮންނަންޖެހޭ މުގައްދަސް ގުޅުމެއް ކަމަށް ބުންޏެވެ.

ހެޔޮ ބަހަކީ ސަދަގާތެއް ކަމަށް މިއަދުގެ ޚުތުބާގައި ހަނދާން ކޮށްދެއްވާފައިވެ އެވެ. ހެޔޮ ބަސް ސަދަގާތަކަށް ވަނީ މުޖުތަމައަށް އޭގެ ހެޔޮ އަސަރު ކުރާލެއް ބޮޑުކަމުންނެވެ.

”ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާ ހުރި މޭވާއެކެވެ. އެއީ ހިނިތުންވުން ގެނެސްދޭ ކަމެކެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްސިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެ ފޭރާމެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް އޭނާގެ މެސެޖުތައް ގެންގޮސްދޭ ސަފީރެވެ. ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ހަޒްރަތަށް ނުފޯރާނެއެވެ.” ޚުތުބާގައި ބުނެފައިވެ އެވެ.

ނަމަވެސް ނުބައި ބަސްތަކުގައި ހަރުދަނާ ކަމެއް ނުހުންނާނެކަމާ އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެ ކަމަށް ޚުތުބާފގައި ހަދާން ކޮށްދެއްވިއެވެ. އަދި އެފަދަ ބަސްތަކުގެ ސަބަބުން މީސްތަކުންނަށް މަގު އޮޅުމުގެ އިތުރުން އެކަކު އަނެކަކާ ޖެހި، މޫނު ކެނޑޭނެއެވެ. މީހުން މަގު ފުރެދި، ހައްގުގެ މަގަށް ހުރަސް އެޅޭނެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުން މިފަދަ ނޭދެވޭ އަމަލުތައް ފެންނަ ކަމީ ހިތާމަހުރި ކަމެއްކަމަށް ޚުތުބާގައިބުނެފައިވެއެވެ.

ހުތުބާގައި ބުނީ، ހެޔޮބަހުން އެ ބަޔަކާ މުއާމަލާތް ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާ ކަމަށާއި އެމީހުންނާ މުހާތަބު ކުރާ އިރު، ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ. ދަރީން މައިންބަފައިންނާ މުއާމަލާތް ކުރަންވީ ގޮތް ބަޔާންކޮށް ދެއްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ.”

ހުތުބާގައި ބުނީ މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާ ކަމަށާއި އޭނާގެ މުޅި ހަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ކަންތައް ކުރުމާއި ހެޔޮ ބަސްތައް ބުނުމުގެ މަތީގައި ކަމަށެވެ. އަދި ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ، މީސްތަކުން އެއްގަލަކަށް އަރާފައިވާ ކަމަށާއި ހިތްތައް އެކުވެރިވެ، ހަތުރުން އެކުވެރިންނަށް ބަދަލުވެފައިވާ ކަމަށް ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top