ކައުންސިލަރުން ހޭލުންތެރިކުރުމަށް ޚާއްސަ އިސްކަމެއް ދެން: އެލްޖީއޭ

އަފްޝަން ލަތީފް ---ފޮޓޯ: ޕީއެސްއެމް

ކައުންސިލްތަކުގެ ކައުންސިލަރުންނާއި ވެރިން ތަމްރީނުކޮށް ހޭލުންތެރިކުރުމަށް ޚާއްސަ އިސްކަމެއް އެލްޖީއޭއިން ދޭނެ ކަމަށާއި އެއީ އެ މީހުންގެ ގާބިލްކަން އިތުރުކުރެވި މަސައްކަތް ރަނގަޅުވާނެތީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން އަފްޝަން ވިދާޅުވީ ގާނޫނަށް އަންނަ ބަދަލާއެކު ކައުންސިލުތަކުގެ ޒިންމާތައް އިތުރުވެ ފުޅާވާ ކަމަށެވެ. އެއީ ކުރިއެރުމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.

ނަމަވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނުން، ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމާއެކު ކައުންސިލްތައް ހިންގުމަށް އިތުރު ދަތިތައް ކުރިމަތިވާކަމަށް ވިދާޅުވެ އެއާއެކު ދިމާވާ ގޮންޖެހުމަކީ އެ ފަދަ މަސައްކަތްތައް ކުރާނެ ވަސީލަތްތަކާއި އެކަމުގެ ޓެކްނިކަލް ތަޖުރިބާ ހުރި މީހުން މަދުވުމުން ދިމާވާ ދަތިތައް ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ހުރިހާ ކައުންސިލުތަކުން ވެސް ލިބޭ އާންމު ޝަކުވާއަކީ އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ކަމަށެވެ. އެ ޝަކުވާއާއެކު ހުރިހާ ކައުންސިލްތަކެއްގެ އިދާރާތަކުގެ ހާލަތާ ގުޅޭ މައުލޫމާތު އެއްކޮށްފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

އެ މައުލޫމާތު ތަކުން 60 ރަށުގެ ކައުންސިލް އިދާރާއެއްގެ ޖާގަ ތަނަވަސްކޮށް ރަނގަޅު ފެންވަރަށް ތަރައްގީކުރަން ޖެހިފައިހުރިކަން ފާހަގަވިކަމަށް އަފްޝަން ވިދާޅުވިއެވެ. އެއީ އެއްވެސް ސަރުކާރަކަށް ވަގުތުން ހައްލު ގެނެވޭނެކަމަކަށް ނުވާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ދުރު ރާސްތާގެ ޕްލޭނަކާއެކު އެ ކަމަށް ހައްލު ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top