ފެހެންދޫ ބަލިކޮށް ބ.އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

358532_3_a6f25713b9cdac49219df0995f7adc4088979c49_large.jpg

، ބ. އަތޮޅުގެ ތަށި އޭދަފުށިން އުފުލާލަނީ --- ފޮޓޯ/ ގޯލްޑަން ފުޓްސަލް ޗެލެންޖް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާއްޖެތެރެއަށް ހުޅުވާލަިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ބ.އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ.

އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދާފައިވަނީ ފަހަތުން އަރައި ފަހުވަގުތު 2-1 އިން ފެހެންދޫ ބަލިކޮށްގެންނެވެ.

ފެހެންދޫގެ މުހައްމަދު ރީހާންގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް އޭދަފުށްޓަށް އެއްވަރުކޮށްދިނީ އޭރިއާ ބޭރުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭދަފުށި މޮޅުކޮށްދިން ގޯލު ޖެހީ ސައްޓު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.

ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހެންދޫގެ އަހުމަދު ބައްސާމް (ބައްކު) އެވެ.

މި މޮޅާއެކު އޭދަފުށި މިވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ބ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ތުޅާދޫގެ އިބްރާހީމް ރަފާހެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ފެހެންދޫގެ ބައްސާމް މުހައްމަދު (ބައްކު) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި  މުބާރާތުގައި 242 މެޗު ކުޅޭނެއެވެ.

މުބާރާތުގައި ދެން އޮންނާނީ ޒޯން ބުރުގެ މެޗުތަކާއި ގަދަ 16ގެ އިތުރުން މުޅި ރާއްޖޭގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top