ލޯކަލް ކައުންސިލް ގާނޫނަށް ގެނައި އިސްލާހާއެކު މިފަހަރު ބ. އަތޮޅުގައި ޖުމްލަ 44ކައުންސިލަރުން.

71113928_voter.jpg

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭ އަދަދުތަކަށް ބަލާއިރު ބ. އަތޮޅަށް އިންތިޚާބު ކުރަން ޖެހެނީ ޖުމްލަ 44 މެންބަރުން ކަން އިލެކްޝަން ކޮމިޝަންއިން  ހާމަކޮށްފިއެވެ.

އެއީ އޭދަފުށްޓަކީ 3000 މީހުންނަށްވުރެ އާބާދީ ބޮޑު ރަށަކަށްވާތީވެ އިންތިޚާބު ކުރަންޖެހޭ 5 ކައުންސިލަރާއި އަތޮޅުގައި ދެންއޮތް 12 ރަށުން ކޮންމެ ރަށެއްގައި 3 ކައުންސިލަރުންނާއެކު 41 ރަށު ކައުންސިލަރާއި ބ.އަތޮޅުގެ އިންތިޚާބީ ތިން ދާއިރާކަމުގައިވާ ތުޅާދޫ ދާއިރާ އާއި އޭދަފުށީ ދާއިރާ އާއި ކެންދޫ ދާއިރާއިން ހޮވާ 3 ކައުންސިލަރުންނާއެކު ޖުމްލަ 44 ކައުންސިލަރުންނެވެ.

މުޅިރާއްޖެއަށް ބަލާއިރު މިފަހަރު ކައުންސިލަށް އިންތިޚާބުކުރަން ޖެހެނީ 653 ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި، 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންގެ އިތުރުން ތިން، ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

އަތޮޅު ކައުންސިލްތަކަށް އިންތިހާބުކުރާނީ ދެ އިންތިޚާބީ ދާއިރާއަށް ވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްގައި ނަމަ، ކޮންމެ އިންތިޚާބީ ދާއިރާއަކުން އެއް ކައުންސިލަރެވެ. ދެ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓް ލައިގެން ހޮވާ ތިން ކައުންސިލަރުން ކައުންސިލްގައި ތިބޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ. މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 26 ވަނަ ދުވަހު ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top