ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

DSCN0737.jpg

ގުރުއާންމުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން 1ވަނަ ނާއިޝް އަށް އިނާމު ހަވާލުކޮށްދެއްވަނީ -ފޮޓޯ : އޭދަފުށި ވޮއިސް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މިއަދު އެސްކޫލްގައި ބާއްވައިފިއެވެ.

ސްކޫލްގެ 119 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ މުހައްމަދު ނާއިޝް އެވެ. ހިތުން ކިޔެވުމުގެ ބައިން ދެވަނަ ހޯދާފައިވަނީ އަބްދުﷲ ނާއިފް ނަޒީހުއެވެ. ތިންވަނަ ހޯދާފައިވަނީ މަރިޔަމް ނައުޝީން ޝަމީމުއެވެ.

dscn0722

އެކި އުމުފުރާތަކުގެ މެދުގައި ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ ޝަމާއިލް މުހައްމަދު ނަސީރުއެވެ. ދެވަނަ ހޯދާފައިވަނީ ފާތުމަތު ޔުމްނާ އާތިފް އެވެ. މި ގްރޫޕުން ތިންވަނަ ހޯދާފައިވަނީ އައިޝަތު ޝައިމާއެވެ.

dscn0724

މި މުބާރާތުގައި ފަޑިޔާރުކަން ކުރެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މުބާރާތުގެ ބައިވެރިވި ކުދިންގެ ކިޔެވުމަށް ބަލާއިރު އުއްމީދު ތަކެއް އާވާކަމާށާއި ބ.އަތޮޅު ތައުލީމީ މަރުކަޒު އަދި އޭދަފުށްޓަކީ  މިރޮގުން މުސްތަގްބަލެއް އޮތް ސްކޫލެއްކަން ގަބޫލު ކުރެވޭ ކަމުގައެވެ. އަދި އޭދަފުށްޓަކީ ގިނަ ޤުރުއާން މުބާރާތްތަކެއް ބާއްވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެކަމަށް ތައުރީފުކޮށް ހިތްވަރު ދެއްވިއެވެ.

dscn0728dscn0725 dscn0733dscn0726

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top