ބޮލަކަށް 2 ލިޓަރު؟!

kihaadhu.jpg

މިއަތޮޅު ކިހާދޫން ބޯފެން ހުސްވުމުގެ ބިރުހީވެފައިވާތީ، އެރަށުން ވާރޭފެން ދޫކުރުން ކޮންޓްރޯލްކޮށް ދުވާލަކު ބޮލަކަށް 2 ލިޓަރު ފެނަށްވުރެ ގިނައިން ދޫނުކުރަން ކައުންސިލުން ނިންމައިފިއެވެ.

ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިފިޔަވަޅު ކައުންސިލުން އެޅީ ރަށުގެ ގިނަގޭގޭގެ ވާރޭފެން ތާނގީތަކުން ފެންހުސްވެ ރައްޔިތުންގެ ތާނގީތަކުން ނެގޭ ފެން ކޮންޓްރޯލްކޮށް ހަމަހަމަ އުސޫލަކުން އެކަންކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ މިބަދަލާ ގުޅިގެން ކޮންމެ ގެއަކަށްވެސް ފެންދޫކުރާއިރު އެގެއަކު ދިރިއުޅޭ މީހުންގެ އަދަދު ކައުންސިލުން ޗެކްކުރަމުންދާނެކަމަށެވެ.

“އެކަކު ހުރިއްޔާ 2 ލީޓަރު، 2 މީހަކަށް 4 ލީޓަރު. މިނޫން ގޮތަކަށް މިކަން ހަމަޖެއްސެން މިވަގުތުނެތީ. މިކަން ރައްޔިތުންނަށްވެސް މިހާރުވަނީ އެންގިފައި.” ނަސީމް ވިދާޅުވިއެވެ

ނަސީމް ވިދާޅުވީ ރައްޔިތުންގެ ތާނގީތަކުގައި ހުރި ވިހިހާހެއްހާ ލިޓަރުފެން ހުސްވުމުގެ ކުރިން މިކަމަށް އިތުރު ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

“މިދިޔަ އަހަރުވެސް ޑިޒާސްޓާ ސެންޓަރުން ފެންފޯރުކޮށްދިން. މިއަހަރު އަދި ނުދަންނަވަން. ދެން އެކަމާވެސް އުޅެންވީކަންނޭގެ”

400 އަށްވުރެ ބޮޑު އާބާދީއެއް އޮތް ކިހާދޫގައި ފެނުގެ ދަތިކަން ބޮޑުވަމުންދާއިރު މިއަތޮޅު ހިތާދޫންވެސް ފެނަށް ދަތިވެފައިވާކަން މީގެ ދުވަސްކޮޅެއްކުރިންވަނީ ހާމަކޮށްފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ޑިޒާސްޓާ ސެންޓަރުގައި ދަންނަވާފައިވާކަމަށްވެސް އެރަށުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top