ޖުރުމަނާ ނުދެއްކޭނަމަ މުޖްތަމައަށް ޚިދުމަތް ކުރުވާގޮތަށް ގާނޫނު ފާސްކޮށްފި

DSCN4862.jpg

އޭދަފުށީގެ މަގެއް..

ގަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފްވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކޭނަމަ، ކޯޓު އަމުރެއް މެދުވެރިކޮށް މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރަން ލާޒިމް ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އުޅަނދު ފަހަރު ދުއްވާނެ ވަކި ބާރުމިނެއް ކަނޑައަޅައި ކުރާނެ ޖޫރިމަނާތަކެއް ވެސް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަނޑައަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ ނަމަ، ފުރަތަމަ ފަހަރު 500ރ. އިން ޖޫރިމަނާ ކުރާނެއެވެ. ދެ ވަނަ ފަހަރު 750ރ. އިން ޖޫރިމަނާ ކުރުމާއެކު 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓާނެއެވެ. ތިން ވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، 15 ދުވަހަށް ލައިސަންސް ހިފަހައްޓަން ބިލުގައި ބުނެއެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައެއް ގެއްލުމެއް ލިބިއްޖެނަމަ ދެވޭ އަދަބު ބޮޑު ކުރަން ވެސް ބިލުގައިވެއެވެ. އެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރެވޭނެއެވެ. އަދި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިންސަންސް ހިފެހެއްޓޭނެއެވެ.

ސަރުކާރުން ބިލް ހުށަހެޅިއިރު އޮތީ ވަކި ރަށެއް ނުވަތަ އަތޮޅެއްގައި ދުއްވޭނެ އުޅަނދުގެ އަދަދާއި މުއްދަތު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ލިބޭ ގޮތަށެވެ. ކޮމިޓީން ވަނީ އެ ބާރު ސިޓީ ކައުންސިލްތަކަށް ނުވަތަ ރަށު ކައުންސިލްތަކަށް ލިބޭ ގޮތަށް ބަދަލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top